އެމްއެމްޕީއާރުސީއަށް ހަތަރު އަހަރު ތެރޭ ފުރަތަމަ ފަހަރަށް ފައިދާވެއްޖެ

މިހާރު

15 ޖުލައި 2025 | އަންގާރަ | 3:16

ވިދިވިދިގެން ހަތަރު އަހަރު ގެއްލުމުގައި ހިންގުމަށް ފަހު، މިހާރު ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން އަށް ރީބްރޭންޑްކޮށްފައިވާ މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން މިދިޔަ އަހަރު 27 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ފައިދާއެއް ރިޕޯޓުކޮށްފި އެވެ.

މިއަދު ބޭއްވި އެ ކުންފުނީގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި 27،490،370ރ. ފައިދާއެއް ރެކޯޑްކޮށްފައި ވާއިރު، މިއީ ފާއިތުވި ހަތަރު އަހަރު ތެރޭގައި އެ ކުންފުންޏަށް ފައިދާވި ފުރަތަމަ އަހަރެވެ.

އެމްއެމްޕީއާރުސީއަށް 2023 ވަނަ އަހަރު ވީ 17،997،662 ރުފިޔާގެ ގެއްލުން، އެއް އަހަރު ދުވަހުގެ ތެރޭގައި ފައިދާއަށް އަނބުރާލެވުނީ އެ ކުންފުނިން ބުނި ގޮތުގައި، ހިންގުމަށް ގެނައި ހަރުދަނާ ބަދަލުތަކުގެ ސަބަބުންނެވެ.

މައުޟޫޢުތަށް