ޖީމެއިލް ހެކްކުރަމުން އެބަދޭ؛ ސެކިއުރިޓީ ވަރުގަދަ ކުރަން އަވަހަށް ފިޔަވަޅު އަޅާ!
މިހާރު
15 ޖުލައި 2025 | އަންގާރަ | 10:46
އާޓިފިޝަލް އިންޓެލިޖެންސް ނުވަތަ އޭއައި އަޕްގްރޭޑްސް މެދުވެރިކޮށް، ޖީމެއިލް އެކައުންޓުތަކަށް މުޅިން އާ ނުރައްކާތަކެއް ކުރިމަތިވަމުންދާތީ އެކަމަށް ސަމާލުވާން ގޫގުލްއިން ވެސް ވަނީ އިލްތިމާސް ކޮށްފަ އެވެ.
ޖީމެއިލްއަކީ ގާތްގަނޑަކަށް ދެ ބިލިއަން އެކްޓިވް ޔޫސަރުން ތިބި އެންމެ މަގްބޫލު ހިލޭ އީމެއިލް ސާވިސްތަކުގެ އެއް ހިދުމަތެވެ. ޖީމެއިލް އެކައުންޓަށް އެކްސެސް ލިބެނީ ގޫގުލް އެކައުންޓެއް މެދުވެރިކޮށެވެ.
މީގެ ތެރޭގައި ގޫގުލް އެޑްސް، ޔޫޓިއުބް އަދި ގޫގުލް ޕްލޭ ވެސް ހިމެނެ އެވެ. އަދި މީގެ ސަބަބުން، ހެކް ކޮށްފައިވާ ގޫގުލް އެކައުންޓަކުން ހެކަރުންނަށް އީމެއިލްތަކާއި ޑޮކިއުމަންޓުތަކާއި ފޮޓޯތަކާއި އަދި މާލީ މައުލޫމާތު ފަދަ ގިނަ މައުލޫމާތުތަކަށް އެކްސެސް ލިބެ އެވެ. މި މައުލޫމާތު ބޭނުންކޮށްގެން، ހެކަރުންނަށް ސްޕޭމް، ފިޝިން އީމެއިލްތައް ނުވަތަ ނުރައްކާތެރި އެޓޭޗްމަންޓްތައް މެދުވެރިކޮށް މީހެއްގެ ކޮންޓެކްޓްތަކަށް އޮޅުވައިލުމުގެ ފުރުސަތު ލިބެ އެވެ.