ޑިއާޒް އަށް ބެޔާނުން ކުރި ބިޑަށް ލިވަޕޫލުން ބުނީ ނޫނެކޭ
މިހާރު
16 ޖުލައި 2025 | ބުދަ | 9:57
ކޮލަމްބިއާ ވިންގާ ލުއިޒް ޑިއާޒް ގަތުމަށް ބެޔާން މިއުނިކުން ހުށަހެޅި ބިޑަށް ލިވަޕޫލުން ނޫނެކޭ ބުނެފި އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ބެޔާނުން ހުށަހެޅީ 67.5 މިލިއަން ޔޫރޯގެ ބިޑެކެވެ. ލިވަޕޫލުން އޭނާ ވިއްކާލަން ކިޔާ އަގަކީ 100 މިލިއަން ޔޫރޯ އެވެ. ބޭނުމަކީ އެއްވެސް ކްލަބަކަށް އޭނާ ގަތުމުގެ ފުރުސަތު ނުދިނުމެވެ. އޭނާ ދޫކޮށްލަން ލިވަޕޫލުން ބޭނުމެއް ނުވެ އެވެ.
އެކަމަކު ލިވަޕޫލް ދޫކޮށްލަން ޑިއާޒް ބޭނުންވެ އެވެ. އެހެންވެ އޭނާ ހުރީ އެ ކްލަބުގެ ކޮންޓްރެކްޓް ވެސް އާކުރާ ގޮތަކަށް ނޫނެވެ.