އެމީ ނޮމިނޭޝަންތަކުގެ ކުރީގައި "ސިވިއަރެންސް" އާއި "ދަ ޕެންގުއިން"
މިހާރު
16 ޖުލައި 2025 | ބުދަ | 11:12
ޖުމްލަ 27 ނޮމިނޭޝަނަކާއެކު، މި އަހަރުގެ އެމީ އެވޯޑްސްގެ އެންމެ ގިނަ ނޮމިނޭޝަންތައް އެޕަލް ޓީވީ ޕްލަސްގެ ސައިކޮލޮޖިކަލް ޑްރާމާ "ސިވިއަރެންސް"އަށް ލިބިއްޖެ އެވެ.
މި އަހަރުގެ އެމީ އެވޯޑަށް ނޮމިނޭޓުވި ސީރީޒްތަކުގެ ލިސްޓު މިއަދު ވަނީ އިއުލާންކޮށްފަ އެވެ.
އެންމެ މޮޅު ޑްރާމާ ސީރީޒްގެ އެވޯޑަށް ވެސް ނޮމިނޭޓުވި "ސިވިއަރެންސް"އަކީ އޮފީހެއްގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް އެމީހުންގެ މަސައްކަތުގެ ދިރިއުޅުމާއި އަމިއްލަ ދިރިއުޅުމުގެ ހަނދާންތައް ވަކިކުރުމަށް ކުރާ އާދަޔާ ހިލާފު ކަންތައްތަކެއް ދައްކާ ސީރިޒެކެވެ.