ހަ މަހުން އާސަންދައަށް ބިލިއަނެއް ހޭދަކޮށްފި
މިހާރު
16 ޖުލައި 2025 | ބުދަ | 12:32
ދައުލަތުން ހިލޭ ބޭސްފަރުވާ ކުރެވޭ ސްކީމް، އާސަންދަށް ވޭތުވެދިޔަ ހަ މަސް ތެރޭ ބިލިއަނެއްހާ ރުފިޔާ ހޭދަކޮށްފި އެވެ.
ފިނޭންްސް މިނިސްޓްރީން ނެރޭ ހިސާބުތަކުން ދައްކާ ގޮތުން އާސަންދައަށް ވަނީ 1.1 ބިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ. އެއީ މި އަހަރަށް ކަނޑައަޅާފައިވާ ބަޖެޓުގެ 60 ޕަސެންޓެވެ.
މި އަހަރުގެ ބަޖެޓުގައި އާސަންދައަށް ހިމަނާފައި ވަނީ 1.8 ބިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އާސަންދައަށް 980 މިލިއަން ރުފިޔާ ހަރަދު ކުރި އެވެ. އަދި އަހަރު ނިމުނު އިރު 2.4 ބިލިއަން ރުފިޔާ އާސަންދަ ބަޖެޓަށް ހޭދަކޮށްފައިވެ އެވެ.