އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް އޮފިސަރުންގެ ރަސްމީ މަސައްކަތު ވަގުތު ހަ ގަޑިއިރަށް ކުޑަކޮށްފި
މިހާރު
16 ޖުލައި 2025 | ބުދަ | 12:36
ރާއްޖޭގެ އެއާޕޯޓުތަކުގެ ސެކިއުރިޓީ ބެލެހެއްޓުމުގައި މަސައްކަތްކުރާ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް އޮފިސަރުންގެ ރަސްމީ މަސައްކަތު ވަގުތު ހަ ގަޑިއިރަށް ކުޑަކޮށްފި އެވެ.
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އިއްޔެ ވަނީ އެވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ އޮފިސަރުންގެ މަސައްކަތު ގަޑި އާއި ޗުއްޓީ އަދި ބަންދު ދުވަސްތަކާއި ހިންގުމުގެ އިސްފަންތީގެ މުވައްޒަފުން އަމަލުކުރަން ޖެހޭ ގޮތުގެ ގަވާއިދަށް ފުރަތަމަ އިސްލާހު ގެނެސް އާންމުކޮށްފަ އެވެ.
އެ ގަވާއިދަށް ގެނައި އިސްލާހުގައިވާ ގޮތުން، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް އޮފިސަރުންގެ ރަސްމީ މަސައްކަތު ވަގުތަކީ ދުވާލަކު ހަ ގަޑިއިރެވެ. އަދި ރޯދަ މަހު މުވައްޒަފުންނަށް ލުއިވާނެ ގޮތަށް މަސައްކަތު ވަގުތު ހަމަޖެއްސިދާނެ ކަމަށް އެ އިސްލާހުގައި ވެ އެވެ.