ޓީ-ޖެޓީ ކައިރީގައި މަސައްކަތްތައް ހުއްޓިފައި ހުރި އިމާރާތަށް އެފްސީޕީޑީ ބަދަލުކުރަނީ

މިހާރު

16 ޖުލައި 2025 | ބުދަ | 1:32

ޓީ-ޖެޓީ ސަރަހައްދުގައި ހަދަން ފަށައި ވަކި ހިސާބަކުން މަސައްކަތްތައް ހުއްޓިފައި ހުރި އިމާރާތަށް، ކުޑަކުދިންގެ މައްސަލަތައް ބަލާ ފުލުހުންގެ ޑިޕާޓްމަންޓު ބަދަލުކުރަން ތައްޔާރުވާން ފަށައިފި އެވެ.

ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފު އުމަރު "މިހާރު"އަށް މިއަދު ވިދާޅުވީ އެ އިމާރާތުގެ މަސައްކަތްތައް ހުއްޓުނީ ކޮންސްޓްރަކްޝަންގެ ބައި ވެސް ނިމުނު ފަހުން ކަމަށެވެ. އެހެންވެ، ބާކީ ހުރި ކަންކަން ނިންމައި ހަތް ބުރީގެ އިމާރާތް ބޭނުންކުރަން ފަށަން ތައްޔާރުވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ފެމިލީ އެންޑް ޗިލްޑްރެން ޕްރޮޓެކްޝަން ޑިޕާޓްމަންޓް (އެފްސީޕީޑީ) އަށް ހާއްސަކޮށްގެން، ފުޑް ކޯޓުތައް ކައިރިން ޓީ-ޖެޓީ ކުރިމަތީގައި އިމާރާތެއް ހަދަން ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. ނަމަވެސް، މިހާރު މަސައްކަތް ހުއްޓިފައި ހުންނަތާ ވެސް ފަސް އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ.

މައުޟޫޢުތަށް