ދަރިންނަށް ހަރަދު ނުދޭ މީހެއްގެ ފޮޓޯ، ފުރަތަމަ ފަހަރަށް ކޯޓުން އާއްމުކޮށްފި
މިހާރު
16 ޖުލައި 2025 | ބުދަ | 1:42
ދަރިންނަށް ހަރަދު ނުދޭ މީހެއްގެ ފޮޓޯ، ފެމިލީ ކޯޓުން ފުރަތަމަ ފަހަރަށް މިއަދު އާއްމުކޮށްފި އެވެ.
އެ ކޯޓުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނީ އެ ފިރިހެން މީހާގެ ފޮޓޯ އާއްމުކުރީ ސާބިތު ހަރަދަށް ފައިސާ ނުދައްކާ މީހުންނަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.
އެގޮތަށް، އާއްމުކުރި ފުރަތަމަ މީހަކީ ދަފްތަރު ނަމްބަރު 2758، އަހުމަދު އަލީ އެވެ.