މިއަހަރުގެ ގައުމީ ސާފް ލީގު މުލީގައި ފަށައިފި
މިހާރު
16 ޖުލައި 2025 | ބުދަ | 9:34
މި އަހަރުގެ ގައުމީ ސާފް ލީގުގެ ފުރަތަމަ މުބާރާތް "މުލީކޮޅު ރާޅުގަނޑު" މ. މުލީގައި މިއަދު ފަށައިފި އެވެ.
އޯޕަން ބައިގެ ހީޓްތަކުން ހެނދުނު މުބާރާތް ފެށީ 22 އެތުލީޓުންނާ އެކު އެވެ. އުމުރުން 18 އަހަރުން ދަށުގެ ޖޫނިއާ ބައިގައި 21 އެތުލީޓުން ވާދަ ކުރެ އެވެ.
އޯޕަން ބައިގެ ފުރަތަމަ ބުރުގައި ޒުވާން ރާޅާއެޅުންތެރިން ވަނީ ރަނގަޅު ކާމިޔާބެއް ހޯދައިފަ އެވެ. ފުރަތަމަ ބުރުގެ ހީޓްތަކުން އެއްވަނަ އަދި ދެވަނަ އެތުލީޓުން ވަނީ ތިންވަނަ ބުރަށް ހޮވިފަ އެވެ. ދެން ތިބި އެތުލީޓުން ވަނީ ދެވަނަ ބުރުގައި ވާދަ ކޮށްފަ އެވެ.