އިނގިރޭސި ވިލާތުގެ ފޮރިން މިނިސްޓަރު، ރައީސް މުއިއްޒުގެ އަރިހަށް
މިހާރު
17 ޖުލައި 2025 | ބުރާސްފަތި | 10:12
އިނގިރޭސި ވިލާތުގެ ފޮރިން މިނިސްޓަރު ޑޭވިޑް ލެމީ، ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ އިއްޔެ ބައްދަލުކުރައްވައިފި އެވެ.
އިނގިރޭސި ވިލާތުގައި ބާއްވާ މަތީފެންވަރުގެ ބައްދަލުވުންތަކަކަށް ރައީސް މުއިއްޒު މިހާރު އެ ގައުމަށް ވަޑައިގެން އުޅުއްވާއިރު، ފޮރިން މިނިސްޓަރު ޑޭވިޑް ލެމީއާ އެކު ބޭއްވެވި ބައްދަލުވުމުގައި ރާއްޖެ އާއި އިނގިރޭސި ވިލާތާ ދެމެދުގައި ދެމެހެއްޓެނިވި ގޮތެއްގައި ގުޅުން ބަދަހިކުރުމާއި އަދި ހަރުދަނާކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އޭގެ އިތުރުން މަސްވެރިކަމުގެ ދާއިރާ އާއި މޫސުމަށް އަންނަ ބަދަލުތަކަށް އެކަށީގެންވާ ގޮތެއްގައި ހޭނުމުގެ މަސައްކަތްތަކުގަ އާއި އިއާދަކުރަނިވި ހަކަތަ އިތުރުކުރުމުގަ އާއި ތައުލީމާއި ސްކޮލާޝިޕްގެ ފުރުސަތުތައް އިތުރުކޮށްދިނުމުގައި، އެއްބާރުލުން އިތުރުކުރުމާ ބެހޭގޮތުން މަޝްވަރާ ކުރއްވި އެވެ.