އަބްދުއްރަހުމާންގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަން ހޯމަ ދުވަހު އިންޑިއާއަށް ފޮނުވާލަނީ

މިހާރު

17 ޖުލައި 2025 | ބުރާސްފަތި | 10:56

އއ. މާޅޮހުގައި ބޮޑެތި އަނިޔާތަކެއް ދީ، މަރާލި އަބްދުއްރަހުމާން އާދަމްގެ ހަށިގަނޑުގެ ޕޯސްޓްމޯޓަށް ހެދުމަށް އަންނަ ހަފުތާގައި އިންޑިއާ އަށް ފޮނުވައިލަން ހަމަޖެހިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އެ ރަށު އޯކިޑްމާގޭ އުމުރުން 65 އަހަރުގެ އަބްދުއްރަހުމާން ނިދާފައި އޮއްވައި އޭނާގެ ބޮލަށް ބޮޑެތި އަނިޔާތަކެއް ދީފައި އޮއްވައި ފެނުނީ ގޭގައި ނިދާފައި އޮއްވައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ދަންވަރު އެކެއް ޖަހާކަންހާއިރު އެވެ.

ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދެމުން އަންނަނިކޮށް އެ ރޭ ފަތިހު އަބްދުއްރަހުމާން ވަނީ މަރުވެފަ އެވެ.

މައުޟޫޢުތަށް