"ސްޓްރޭންޖާ ތިންގްސް"ގެ ފަހު ސީޒަންގެ ފުރަތަމަ ޓީޒާ އާންމުކޮށްފި
މިހާރު
17 ޖުލައި 2025 | ބުރާސްފަތި | 11:10
ނެޓްފްލިކްސްގެ އެންމެ ކާމިޔާބު އޮރިޖިނަލް ސީރީޒް "ސްޓްރޭންޖާ ތިންގްސް"ގެ ފަހު ސީޒަންގެ ފުރަތަމަ ޓީޒާ އިއްޔެ އާންމުކޮށްފި އެވެ.
ގާތްގަނޑަކަށް ތިން މިނެޓުގެ އެ ޓީޒާ ޓްރެއިލާގައި ވަނީ ފަހު ސީޒަނުން ފެންނާނެ މުހިންމު ގިނަ މަންޒަރުތަކެއް ހިމަނައިފަ އެވެ.
"ސްޓްރޭންޖާ ތިންގްސް"ގެ ފަހު ސީޒަންގެ އެޕިސޯޑުތައް ގެނެސްދެނީ ތިން ބަޔަކަށް ބަހާލައިގެންނެވެ. ފުރަތަމަ ބައި އަންނަ ނޮވެމްބަރު މަހުގެ 26 ގައި ސްޓްރީމްކުރަން ފަށާއިރު، ދެވަނަ ބައި ގެނެސްދޭނީ އަންނަ ޑިސެމްބަރު މަހު 25 ގަ އެވެ.