ގޯލްޑް ކަޕްގެ ކ. އަތޮޅުގެ ކޮލިފައިން ބާއްވާނީ ހިންމަފުށީގައި

މިހާރު

17 ޖުލައި 2025 | ބުރާސްފަތި | 1:04

ފުޓްބޯޅައިގެ ފޯރި ގަދަކޮށްލި ގޯލްޑް ކަޕްގެ ކ. އަތޮޅު ކޮލިފައިން ހިންމަފުށީގައި ބާއްވަން އެ ރަށު ކައުންސިލާ އެކު ސޮއި ކޮށްފި އެވެ.

ގޯލްޑް ކަޕް އިންތިޒާމު ކުރާ ނައިންޓީ ޕްލަސްއިން ވަނީ މިފަހަރުގެ މުބާރާތް 28 ޓީމުގެ ފޯމެޓަށް ބާއްވަން ހާމަޖައްސައިފަ އެވެ. އޭގެ ތެރެއިން 18 ޓީމެއް ހޮވާނީ 18 އަތޮޅުގެ ކޮލިފައިން މަރުހަލާއިންނެވެ.

ނައިންޓީ ޕްލަސްއިން ވަނީ މިހާތަނަށް ތިން އަތޮޅަކާ އެކު ކޮލިފައިން ބާއްވަން ސޮއިކޮށްފަ އެވެ. އެއީ ލ. އަތޮޅުގެ އިތުރުން ތ. އަތޮޅު އަދި މިދިޔަ އަންގާރަ ދުވަހު ސޮއި ކުރި ކ. އަތޮޅެވެ.

މައުޟޫޢުތަށް