އައިކެއާ އިން ލޮލުގެ ސީ3އާރު ސާޖަރީ ރާއްޖެއަށް ތައާރަފްކޮށްފި
މިހާރު
17 ޖުލައި 2025 | ބުރާސްފަތި | 3:07
އައިކެއާ ހޮސްޕިޓަލުން ކޯނިއަލް ކޮލެޖަލް ކްރޮސް ލިންކިން (ސީ3އާރު) ސާޖަރީ ރާއްޖެއަށް ތައާރަފްކޮށްފި އެވެ.
އައިކެއާ ހޮސްޕިޓަލުން ބުނީ މި ސާޖަރީ ލީޑު ކުރަނީ އެ ހޮސްޕިޓަލުގެ އޮޕްތޮމޮލަޖިސްޓު އަދި ކޯނިއާ ސްޕެޝަލިސްޓް ޑރ. އަދިބް އުދިން އެވެ. ރާއްޖޭގައި އަލަށް ތައާރަފްކުރި މި ސާޖަރީގެ ހިދުމަތް އެ ހޮސްޕިޓަލުން ދޭން ފެށީ މިދިޔަ މާޗު މަހު ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
މިހާތަނަށް ކާމިޔާބުކަމާ އެކު 30 އަށް ވުރެ ގިނަ ޕޭޝަންޓުންގެ މި ސާޖަރީކޮށްފައިވާކަން އެ ހޮސްޕިޓަލުން ފާހަގަކުރި އެވެ.