އީ-ސިމަކަށް ބަދަލުކޮށް މީހެއްގެ އެކައުންޓުން 200،000 އަށް ވުރެ ގިނަ ރުފިޔާ ފޭރިއްޖެ

މިހާރު

18 ޖުލައި 2025 | ހުކުރު | 1:59

މީހަކަށް ނޭނގި އޭނާގެ ސިމްކާޑު އީ-ސިމަކަށް ބަދަލުކޮށް، ބޭންކު އެކައުންޓުން 200،000 އަށް ވުރެ ގިނަ ރުފިޔާ ފޭރިއްޖެ އެވެ.

ކ. ހިންމަފުށީގެ ވިޔަފާރިވެރިއެއް ކަމަށްވާ އަހުމަދު ހަމީދުގެ ފޯނަށް ރޭންޖު ނުލިބޭ މައްސަލައެއް ދިމާވީ މިދިޔަ މެއި މަހުގެ 30 ވަނަ ދުވަހު އެވެ. ފޯނުގެ މައްސަލައެއް ކަމަށް ބަލައި ޖެހިގެން އައި ދުވަހު މާލެ އައިސް ފޯނު މަރާމާތުކުރާ ތަނަކަށް ދެއްކި އެވެ. އެ ތަނަށް ދެއްކުމުން ފޯނުގައި އެއްވެސް މައްސަލައެއް ނުޅޭކަން އެނގުމުން ސިމް ކާޑަށް މައްސަލައެއް ދިމާވީ ކަމަށް ބަލައި އޭނާ ދިޔައީ ދިރާގަށެވެ.

ދިރާގުގެ ހެޑް އޮފީހަށް ދިއުމުން ބުނީ އެ މީހާގެ ސިމްކާޑު މަސައްކަތް ނުކުރަނީ އީ-ސިމަކަށް ބަދަލުކޮށްފައި އޮތުމުން ކަމަށެވެ.

މައުޟޫޢުތަށް