ވިނަރެސްގެ ޓަވަރަކުން ވެއްޓި މީހަކަށް އަނިޔާވެއްޖެ
މިހާރު
17 ޖުލައި 2025 | ބުރާސްފަތި | 5:51
ހުޅުމާލެ 2 ގެ ވިނަރެސްގެ ޓަވަރެއްގެ މަތިން މިއަދު ވެއްޓި އަނިޔާވި މީހަކަށް ފަރުވާދޭން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ވިނަރެސްގެ 8 ވަނަ ޓަވަރު މަތިން އުމުރުން 18 އަހަރުގެ ދިވެހި ފިރިހެނަކު ވެއްޓުމާ ގުޅިގެން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
ވެއްޓުނު މީހާ އަށް ފަރުވާ ދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް ވަނީ ގެންގޮސްފަ އެވެ. ނަމަވެސް ލިބުނު ޒަހަމްތަކުގެ ތަފްސީލެއް އަދި ނުލިބެ އެވެ.