ވިނަރެސް ޓަވަރުން ވެއްޓުނު ޒުވާނާ ނިޔާވެއްޖެ
މިހާރު
17 ޖުލައި 2025 | ބުރާސްފަތި | 6:09
ހުޅުމާލޭގެ ވިނަރެސް ޓަވަރުގެ މަތިން މިއަދު ހަވީރު ވެއްޓުނު ޒުވާނާ ނިޔާވެއްޖެ އެވެ.
ހުޅުމާލެ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އިމާރާތެއްގެ މަތިން 18 އަހަރުގެ ދިވެއްސަކު ވެއްޓިގެން ފަރުވާ ދިނުމަށް ހަވީރު 4:30 ހާއިރު އެ ތަނަށް ގެންދިޔަ ކަމަށެވެ.
ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އެ ޒުވާނާގެ އެއްވެސް ހަރަކާތެއް ނެތް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.