މަސްގަނެ، މިފްކޯއާ ގުޅިގެން ވިޔަފާރި ކުރަން އިނގިރޭސި ވިލާތުގެ ބަޔަކާ އެކު ސޮއިކޮށްފި
މިހާރު
17 ޖުލައި 2025 | ބުރާސްފަތި | 7:57
ފިނިކުރި ކަނޑުމަހާއި މިފްކޯ އިން އުފައްދާ ދަޅުމަސް ގަތުމުގެ އެމްއޯޔޫއެއްގައި އިނގިރޭސި ވިލާތުގެ ބަޔަކާ އެކު މިފްކޯ އިން އިއްޔެ ސޮއިކޮށްފި އެވެ.
އެ ގައުމުގެ ޕްރިންސަސް ގުރޫޕާ އެކު އެއްބަސްވީ މިފްކޯ އިން ބުނިގޮތުގައި ދިގު މުއްދަތަކަށް ވިޔަފާރީގެ މުއާމަލާތްތައް ކުރާށެވެ. އޭގެ ތެރޭގައި އެއްބަސްވާ މިންގަނޑެއްގެ ދަށުން ފިނިކުރި ކަނޑުމަހާއި ދަޅުމަސް ޕްރިންސަސް ގުރޫޕުން މިފްކޯ އިން ގަތުން ހިމެނެ އެވެ.
މިފްކޯ އިން ބުނީ، މަސް ގަތުމުގެ މިންގަނޑުތައް އިތުރަށް ހަރުދަނާ ކުރުމަށާއި ވިޔަފާރީގެ ގުޅުން އިތުރަށް ފުޅާކުރުމަށް ވެސް ދެ ފަރާތުން އެއްބަސްވެފައިވާ ކަމަށެވެ.