އިނގިރޭސި ވިލާތަކީ ރާއްޖޭގެ ލަގްޒަރީ ޓޫރިޒަމްގެ މުހިއްމު ބައިވެރިއެއް: ރައީސް

މިހާރު

17 ޖުލައި 2025 | ބުރާސްފަތި | 10:48

އިނގިރޭސި ވިލާތަކީ ރާއްޖޭގެ ލަގްޒަރީ ޓޫރިޒަމްގެ މުހިއްމު ބައިވެރިއެއް ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު މިހާރު އިނގިރޭސި ވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅާ ދިމާކޮށް ރާއްޖެ އިން ބޭއްވި ބިޒްނަސް ފޯރަމްގައި ވިދާޅުވީ، އެ ގައުމަކީ މިހާރު ވެސް ރާއްޖޭގެ ތަރައްގީގައި މުހިއްމު ބައިވެރިއެއް ކަމަށެވެ. އެގޮތުން އިނގިރޭސި ވިލާތުން ރާއްޖޭގެ ޓޫރިޒަމްގައި މުހިއްމު ދައުރެއް އަދާކުރާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އިނގިރޭސިވިލާތަކީ ރާއްޖެ އަށް މިހާރު ތިން ވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ. މި އަހަރުގެ މިހާތަނަށް އެ ގައުމުން ރާއްޖެ އަށް ވަނީ 114،000 ޓޫރިސްޓުން އައިސްފަ އެވެ. މިދިޔަ އަހަރު ނިމުނު އިރު ވެސް އިނގިރޭސި ވިލާތް އޮތީ ތިން ވަނައިގަ އެވެ. އެ އަހަރު ވެސް ވަނީ 180،000 ޓޫރިސްޓުން ރާއްޖެ އައިސްފައި ވެ އެވެ.

މައުޟޫޢުތަށް