ގަދަ ވައިގައި، ހިޔާ ސަރަހައްދުގައި ހުރި ބަސް ސްޓޭންޑަކާއި ސައިކަލުތަކެއް ވެއްޓި، ގެއްލުންތަކެއް

މިހާރު

18 ޖުލައި 2025 | ހުކުރު | 3:14

މިއަދު ހެނދުނު މާލެ ސަރަހައްދަށް ކުރި ވިއްސާރާގައި، ވައިގަދަވެ ހުޅުމާލެ ފޭސް 2ގައި ހުރި ބަސް ސްޓޭންޑަކާއި ޕާކު ކޮށްފައި ހުރި ސައިކަލުތަކެއް ވެއްޓި، ގެއްލުންތަކެއް ލިބިއްޖެ އެވެ.

މޫސުމާބެހޭ ގައުމީ އިދާރާ، މެޓް އޮފީހުގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ފަތިހުން ފެށިގެން ހެނދުނާއެކު ހުޅުމާލެއަށް އައި ވިލާގަނޑުގައި 52 މޭލު ބާރުމިނުގައި ވައި ޖެހުނު ކަމަށެވެ.

މޫސުން ގޯސް ކޮންމެ ދުވަހަކު ވެސް ހިޔާ ޓަވަރުތައް ކައިރީގައި ޕާކުކޮށްފައި ހުންނަ ސައިކަލުތައް ގަދަ ވަޔާ އެކު ވެއްޓުމާއި އެ ސަރަހައްދުގައި ހުންނަ ކުނިބުނިތައް މުޅި ސަރަހައްދަށް ބުރައިގެން ދިޔުމަކީ އާންމު ކަމެކެވެ.

މައުޟޫޢުތަށް