ލެވަކޫސަންގައި ޓެން ހާގުގެ ފުރަތަމަ މެޗުގައި ޒުވާން ޓީމެއްގެ އަތްދަށުވެއްޖެ
މިހާރު
19 ޖުލައި 2025 | ހޮނިހިރު | 10:22
ރިއޯ ޑި ޖަނޭރޯ (ޖުލައި 19) - މިދިޔަ އަހަރު މެންޗެސްޓާ ޔުނައިޓެޑްގެ ވަޒީފާ ގެއްލުނު ކޯޗު އެރިކް ޓެން ހާގް، އަންނަ ސީޒަނަށް ޖަރުމަންގެ ބެޔާ ލެވަކޫސަންއާ ހާވާލުވެ ކުޅުނު ފުރަތަމަ މެޗުގައި ޒުވާން ޓީމެއް އަތުން ބޮޑު ތަފާތަކުން ބަލިވެއްޖެ އެވެ.
ޕްރީސީޒަން ފެށުމުގެ ގޮތުން ބްރެޒިލްގެ ކްލަބް ފްލަމެންގޯގެ 20 އަހަރުން ދަށުގެ ޓީމާ ދެކޮޅަށް ރޭ ކުޅުނު މެޗުން ލެވަކޫސަން ބަލިވީ 5-1 އިންނެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ފްލަމެންގޯ ވަނީ ހަތަރު ގޯލު ޖަހައިފަ އެވެ. ފުރަތަމަ 10 މިނިޓުތެރޭގައި ވަނީ ދެ ލަނޑުގެ ލީޑެއް ނަގައިފަ އެވެ ދެވަނަ ހާފުގައި އެ ޓީމުން ފަސް ލަނޑު ހަމަކުރި ފަހުން ލެވަކޫސަން އަށް ސުން ކަނޑުވައިދިނީ 17 އަހަރުގެ ވިންގާ މޮންޓްރެލް ކޯލްބްރެތެވެ.