ކުޑަހުވަދޫގައި އާރުސީސީން ހަދާ ފްލެޓްތަކުގެ މަސައްކަތް ފަށައިފި
މިހާރު
19 ޖުލައި 2025 | ހޮނިހިރު | 1:12
ދ. ކުޑަހުވަދޫގައި ވިއްކާ ގޮތަށް އާރުސީސީން ފުރަތަމަ ފަހަރަށް އިމާރާތްކުރާ ފްލެޓުތަކުގެ އަމަލީ މަސައްކަތް އިއްޔެ ފަށައިފި އެވެ.
މިއީ ރާއްޖޭގައި އެންމެ ފުޅާކޮށް އިމާރާތްކުރުމުގެ ވިޔަފާރިކުރާ އެއް ކުންފުނި އާރުސީސީން މާލެ އިން ބޭރުގައި ހިންގާ ފުރަތަމަ ހައުސިން ޕްރޮޖެކްޓު ވެސް މެ އެވެ. އަދި މާލެ އިން ބޭރުގައި ވެސް ވިޔަފާރި އުސޫލުން އަމިއްލަ ފަރާތްތަކުން ހިންގާ ގެދޮރުވެރިކަމުގެ ފުރަތަމަ މަޝްރޫއު އެވެ.
އެ ރަށުގައި އިއްޔެ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އެ ރަސްމިއްޔާތުގައި މުއްތަލިބާއި އާރުސީސީގެ ޗެއާމަން މުހައްމަދު ނާޒިމާއި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު އަދި ކުޑަހުވަދޫ ކައުންސިލްގެ ރައީސް ޖާދުﷲ ހަމީދު ވަނީ "މާވޭރު" ގެ ނަން ދީފައިވާ ޓަވަރުގެ ބިންގާ އަޅުއްވައި ދެއްވައިފަ އެވެ.