އުދައަރާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު އެލާޓު
މިހާރު
19 ޖުލައި 2025 | ހޮނިހިރު | 12:58
މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އުދަ އަރާނެ ކަމަށް ލަފާކޮށް މިއަދު ހުދު އެލާޓު ނެރެފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓު އޮފީހުން ބުނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅުގެ ރަށްތަކާ ހަމައަށް ހެނދުނު 9:45 އިން 3:30 އާ ހަމައަށް މޫސުން ގޯސްވާނެ ކަމަށެވެ.
އޭގެ ތެރެއިން، އެ ހިސާބުތަކަށް ބޯކޮށް ވާރޭވެހުމާއި ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ބުންޏެވެ. އެއާއެކު، ކަނޑުތައް ގަދަވެ، އުދައަރާނެ ކަމަށް މެޓު އޮފީހުން ވަނީ ލަފާކޮށްފަ އެވެ.