ޔުނައިޓެޑް ދޫކޮށްލައި ރަޝްފޯޑް ބާސެލޯނާއަށް ބަދަލުވަނީ

މިހާރު

19 ޖުލައި 2025 | ހޮނިހިރު | 10:03

މެންޗެސްޓާ (ޖުލައި 19) - މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް މާކަސް ރަޝްފޯޑް، 27، ލޯނު އެއްބަސްވުމެއްގައި ބާސެލޯނާއާ ގުޅޭ ގޮތަށް ހަމަޖެހިއްޖެ އެވެ.

ދެ ކްލަބް އެއްބަސްވެގެން މި ޓްރާންސްފާގެ ކަންކަން ފައިނަލް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާއިރު، ބާސެލޯނާ ބޭނުން ނަމަ އެއްބަސްވުން ދާއިމީ ކުރުމުގެ ފުރުސަތު ވެސް ޔުނައިޓެޑުން ވަނީ ދީފަ އެވެ. އަދި ހުރިހާ ކަމެއް ފައިނަލް ކުރުމަށް ފަހު އަންނަ ހަފްތާ އޭނާގެ މެޑިކަލް ހަދަން ބާސެލޯނާ އަންނަނީ މަސައްކަތް ކުރަމުންނެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން ބާސެލޯނާ ވަނީ ލޯނު މުއްދަތުގައި ރަޝްފޯޑްގެ މުސާރައަށްވާ 12 މިލިއަން ޔޫރޯ ދައްކަން އެއްބަސް ވެފަ އެވެ. އަދި އެއްބަސްވުން ދާއިމީ ކުރާނީ 35 މިލިއަން ޔޫރޯގެ އަގަކަށް ކަމަށް ވެސް ރިޕޯޓް ކޮށްފައިވެ އެވެ.

މައުޟޫޢުތަށް