4،000 ފްލެޓުގެ އެއްބަސްވުންތަކުގައި ސޮއިކުރުން ހޯމަ ދުވަހު ފަށަނީ
މިހާރު
19 ޖުލައި 2025 | ހޮނިހިރު | 10:08
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ 2 ގައި ސަރުކާރުން އިމާރާތް ކޮށްފައިވާ 4،000 ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާފައިވާ މީހުންނާ އެކު އެއްބަސްވުންތަކުގައި ސޮއިކުރުން އަންނަ ހޯމަ ދުވަހު ފަށާ ގޮތަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ނިންމައިފި އެވެ.
އެ ކޯޕަރޭޝަނުން މިރޭ ކުރި އިއުލާނެއްގައި ބުނީ، ފްލެޓުތައް ލިބޭ މީހުންގެ ލިސްޓު ހައުސިން މިނިސްޓްރީން ކަނޑައެޅުމާ ގުޅިގެން، ފްލެޓު އެއްބަސްވުންތަކުގައި ސޮއިކުރުން އޮންނާނީ ހުޅުމާލޭ ސިންތެޓިކް ޓްރެކްގެ ކަނޑައަޅާފައިވާ ސަރަހައްދުތަކުގައި ކަމަށެވެ.
"މި ސަރަހައްދުތައް ކަނޑައެޅުމަށް ފަހު އެފްޑީސީގެ ރަސްމީ ޗެނަލްތަކުގައި އާންމުކުރާނެ އެވެ،" އެފްޑީސީގެ އިއުލާނުގައި ވެ އެވެ.