މަސްތުވާތަކެތި އެެތެރެކުރަން އުޅުނު ދެ މީހަކު ކުޅުދުއްފުށީ އެއާޕޯޓުން ހައްޔަރުކޮށްފި

މިހާރު

20 ޖުލައި 2025 | އާދިއްތަ | 11:26

ހދ. ކުޅުދުއްފުއްޓަށް ވައިގެމަގުން މަސްތުވާތަކެތި އެެތެރެކުރަން އުޅުނު ދެ މީހަކު އެ ރަށު އެއާޕޯޓުން ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ވައިގެމަގުން ކުޅުދުއްފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތާ ގުޅިގެން މިދިޔަ ހުކުރު ދުވަހު ހިންގި އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ކުޅުދުއްފުށި ޕޮލިސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ އެ ރަށު ލީޑް، މުހައްމަދު ހުމާމް ހަސަން ނައީމް، 29 އާއި މ. އަރޫދާގެ، އަބްދުﷲ އިބްރާހިމް، 53 އެވެ.

މައުޟޫޢުތަށް