އުއްތަމަ ފަނޑިޔާރު ރިޓަޔާ ކުރައްވާތީ ސުޕްރީމް ކޯޓު ހިންގުން ފަނޑިޔާރު ހަމީދުއާ ހަވާލުކުރަނީ

މިހާރު

20 ޖުލައި 2025 | އާދިއްތަ | 12:26

އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން މަގާމުން ރިޓަޔާ ކުރައްވާތީ މާދަމާއިން ފެށިގެން ސުޕްރީމް ކޯޓު ވަގުތީ ގޮތުން ހިންގުން ފަނޑިޔާރު އަބްދުﷲ ހަމީދުއާ ހަވާލުކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

އުއްތަމަ ފަނޑިޔާރު މުއުތަސިމް މާދަމާއިން ފެށިގެން ރިޓަޔާ ކުރައްވަން ހުށަހެޅުއްވުމުން އެ މަނިކުފާނަށް އެ ފުރުސަތު ދެއްވަން ޖޭއެސްސީން މިދިޔަ ހަފުތާގައި ވަނީ ނިންމައިފަ އެވެ. އެހެންވެ، މިއަދަކީ މުއުތަސިމް ރަސްމީކޮށް މަސައްކަތަށް ނިކުމެވަޑައިގަންނަވާނެ އެންމެ ފަހު ދުވަހެވެ.

އެހެންވެ، މާދަމާއިން ފެށިގެން އުއްތަމަ ފަނޑިޔާރުގެ މަގާމަށް އެހެން ބޭފުޅަކު އައްޔަން ކުރެވެންދެން ސުޕްރީމް ކޯޓު ހިންގުން ފަނޑިޔާރު ހަމީދުއާ ވަގުތީ ގޮތުން ހަވާލުކުރަން ޖޭއެސްސީން ނިންމާފައިވާ ކަމަށް އެނގިފައިވެ އެވެ.

މައުޟޫޢުތަށް