ޓޫރިސްޓުން އައި އަދަދު 9.6 ޕަސެންޓު އިތުރު
މިހާރު
20 ޖުލައި 2025 | އާދިއްތަ | 12:21
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 9.6 ޕަސެންޓަށް އިތުރުވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު އާންމުކުރި ހިސާބުތަކުން ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.2 މިލިއަން ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެއަށް އައީ 1.1 މިލިއަން ޓޫރިސްޓުންނެވެ.
ޓޫރިސްޓުން އެންމެ ގިނައިން އައީ ޗައިނާއިންނެވެ. އެގައުމުން ވަނީ 170،000 ޓޫރިސްޓުން އައިސްފަ އެވެ. އެއީ ރާއްޖެއަށް އައި ޓޫރިސްޓުންގެ 14 ޕަސެންޓެވެ. ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައީ ރަޝިއާއިންނެވެ. އެގައުމުން ވަނީ 142،000 ޓޫރިސްޓުން އައިސްފަ އެވެ. ތިން ވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައީ އިނގިރޭސިވިލާތުންނެވެ.