ގައުމީ އަންހެން ޓީމުގައި މެޑިކަލް ޑޮކްޓަރަކު ނެތް މައްސަލަ ފެންމަތިވެއްޖެ

މިހާރު

20 ޖުލައި 2025 | އާދިއްތަ | 1:20

މި މަހު ނިމިގެންދިޔަ އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ވާދަކުރި ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމުގައި މެޑިކަލް ޑޮކްޓަރަކު ނެތް މައްސަލަ ފެންމަތިވެއްޖެ އެވެ.

ކޮލިފައިންގައި ރާއްޖެ ހިމެނުނު ގުރޫޕް އީ ގެ ކޮލިފައިން ކުރިއަށްގެންދިޔަ ވިއެޓްނާމަށް ޓީމު ދަތުރުކުރި އިރު މެޑިކަލް ޑޮކްޓަރެއްގެ ގޮތުގައި ޖަހާފައި ވަނީ ޓީމުގެ ފިޒިއޯގެ ނަމަވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ މައްސަލަ ފެންމަތިކުރީ ވިއެޓްނާމްގެ ފުޓްބޯޅަ ފެޑެރޭޝަނުންނެވެ. ޓީމުގެ ފިޒިއޯ އަށް މެޗު ކުރިއަށްދާ ވަގުތު ބެންޗުގައި ނީނދެވޭނެ ކަމަށާއި މެޑިކަލް ޑޮކްޓަރެއްގެ ދައުރު އޭނާ އަށް އަދާ ނުކުރެވޭނެކަމަށް ވިއެޓްނާމްގެ ފުޓްބޯޅަ އިދާރާއިން ޓީމަށް އެންގިކަން "މިހާރު" އަށް ވަނީ އެނގިފަ އެވެ.

މައުޟޫޢުތަށް