17 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕް: ރާއްޖޭގެ ގުރޫޕުގައި އިންޑިއާ އާއި ޕާކިސްތާން އަދި ބޫޓާން
މިހާރު
20 ޖުލައި 2025 | އާދިއްތަ | 2:12
އަންނަ ސެޕްޓެމްބަރު މަހު ސްރީލަންކާގައި ބާއްވާ 17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ދެކުނު އޭޝިއާގެ ހަތް ގައުމުގެ މެދުގައި ގުރު ނަގައިފި އެވެ.
ސެޕްޓެމްބަރު 15-27 އަށް ސްރީލަންކާގެ ރޭސްކޯސް ސްޓޭޑިއަމްގައި ކުރިއަށް ގެންދާ މުބާރާތުގައި ރާއްޖެ ހިމެނިފައި ވަނީ އިންޑީއާ އާއި ޕާކިސްތާން އަދި ބޫޓާނާ އެކު ގުރޫޕް ބީގަ އެވެ. ބަންގްލަދޭޝް އާއި ނޭޕާލް އަދި މުބާރާތް ބާއްވާ ސްރީލަންކާ ހިމެނެނީ ގުރޫޕް އޭގަ އެވެ.
ސަތާރަ އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ބާއްވަމުން އަންނަނީ ތިން ކެޓެގަރީއަކަށް ބަހާލައިގެންނެވެ. އެއީ 15 އަހަރާއި 16 އަހަރު އަދި 17 އަހަރުން ދަށެވެ. މިއީ، ސާފުން މި ތިން އުމުރުފުރާއަށް ހާއްސަކޮށް، ބާއްވާ 10 ވަނަ މުބާރާތެވެ. ސާފުން އެ އަހަރަކު މުބާރާތް ބާއްވާނެ އުމުރުފުރާއެއް ކަނޑައަޅަނީ އޭއެފްސީ ކޮލިފައިންގެ ޝެޑިއުލަށް އަށް ބަލައިގެންނެވެ.