ކޮސްމޯ ބައި އެކްސްކޯގައި ބޮޑު ކްލިއަރެންސް ސޭލެއް
މިހާރު
20 ޖުލައި 2025 | އާދިއްތަ | 4:56
ފަރުނީޗަރު ވިއްކާ ފިހާރަ، ކޮސްމޯ ބައި އެސްކޯގައި ބޮޑު ކްލިއަރެންސް ސޭލްއެއް ފަށައިފި އެވެ.
ކޮސްމޯ އިން ބުނީ އެފިހާރައިގައި މިހާރު ހުރި ސްޓޮކް ހުސްކުރުމުގެ ގޮތުން ކުރިއަށް ގެންދާ އެ ޕްރޮމޯޝަނުގައި ބޮޑެތި ޑިސްކައުންޓުތަކަކާ އެކު ހެޔޮ އަގުގައި ކޮލެޓީ ރަނގަޅު އެކި ފަރުނީޗަރުތައް ލިބެން ހުންނާނެ ކަމަށެވެ. އަދި އެ ޕްރޮމޯޝަން ކުރިއަށް ދާނީ އެ ފިހާރައިގައި މިހާރު ހުރި ސްޓޮކް ހުސްވަންދެން ކަމަށް ވެސް ބުންޏެވެ.
އެކި ވައްތަރުގެ ސޯފާ އާއި ގޮދަޑި އަދި އެނދު ފަދަ ފަރުނީޗަރުތައް ވިއްކާ ކޮސްމޯގެ އެ ސޭލްގައި ޕޮކެޓް ސްޕްރިންގް އާއި ފޯމް ގޮދަޑީގެ ސިންގަލް އާއި ޑަބަލްގެ އިތުރުން ކުއީން އަދި ކިންގް ސައިޒުގެ ގޮދަށި 1،800ރ. އާއި 4،500ރ. އާ ދެމެދުގެ އަގުތަކުގައި ލިބޭނެ އެވެ. އަދި އެ ސޭލްގައި އެތަނުން ވިއްކާ ސްޓޯރެޖް އެނދުތަކުގެ ކިންގް އަދި ކުއީންގެ އިތުރުން ޑަބަލް ސައިޒުގެ އެނދު 3،300ރ. އާއި 4،500ރ. އާ ދެމެދުގެ އަގުތަކެއްގައި ލިބެން ހުންނާނެ އެވެ.