ގެދޮރުވެރިޔާ ފްލެޓްތަކަށް 25،000ރ. ގެ ޑައުންޕޭމަންޓެއް ދައްކަންޖެހޭ ކަމަށް ބުނެ ކަންބޮޑުވުން!

މިހާރު

20 ޖުލައި 2025 | އާދިއްތަ | 9:04

4،000 ފްލެޓުގެ އެއްބަސްވުން ހަދަން ނިންމާފައި ވަނީ 25 އަހަރަށް ކަމަށާއި އެ ތަންތަން މިލްކު ކޮށްދޭނީ އިންސްޓޯލްމަންޓް ފައިސާ ދައްކައި ނިމުމުން ކަމަށް މިނިސްޓަރު ވަނީ ކުރިން ވިދާޅުވެފައި.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ދޫކުރާ ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރަނީ 25،000ރ. ގެ ޑައުންޕޭމަންޓެއް ދެއްކުމުން ކަމަށާއި މަހު ކުލި ނުދައްކާ ނަމަ ބޮޑު ޖޫރިމަނާއެއް ކުރާ ގޮތަށް ވެސް އެއްބަސްވުމުގައި ހިމަނާފައިވާތީ ފަހި ޔޫނިއަން ޖަމިއްޔާ އިން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ އިސްވެރިންނާ އެކު ފަހި ޔޫނިއަނުން ބޭއްވި ބައްދަލުވުމަކަށް ފަހު، ނެރުނު ނޫސްބަޔާނެއްގައި ކަންބޮޑުވުން ފާޅުކުރިއިރު، ސަރުކާރުން ހުޅުމާލެ 2 ގައި އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓުގެ އެއްބަސްވުން މި ވަގުތަށް ހަދަން ނިންމާފައި ވަނީ 25 އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށާއި އެ ތަން ލިބޭ މީހުންނަށް މިލްކު ކޮށްދޭނީ އެ މުއްދަތަށް ޖެހޭ ކުލި ނުވަތަ އިންސްޓޯލްމަންޓު ފައިސާ ދައްކައި ހަލާސް ކުރުމުން ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވަނީ މިދިޔަ މަހު އިއުލާން ކުރައްވައިފަ އެވެ.

މައުޟޫޢުތަށް