ނަޕޯލީގައި ޑިބްރޮއިނާގެ ތަރުޖަމާނަކީ ލުކާކޫ
މިހާރު
21 ޖުލައި 2025 | ހޯމަ | 11:02
ނަޕޯލީގައި އޭނާ އަށް އެހީތެރިވެ، އިޓަލީ ބަސް އޭނާ އަށް ތަރުޖަމާކޮށް ދެނީ ރޮމެލޫ ލުކާކޫ ކަމަށް އެ ކްލަބަށް ބަދަލުވި މިޑްފީލްޑަރު ކެވިން ޑި ބްރޮއިނާ ބުނެފި އެވެ.
މެންޗެސްޓާ ސިޓީ އަށް 10 އަހަރު ކުޅުމަށް ފަހު، ޑި ބްރޮއިނާ ނަޕޯލީ އަށް ބަދަލުވީ އާ ސްޓައިލަކަށް ކުޅޭ ޓީމެއްގައި އާ ޗެލެންޖަކާ ކުރިމަތިލުމުގެ ގޮތުން ކަމަށް އޭނާ ބުންޏެވެ.
މިދިޔަ ސީޒަންގެ އިޓާލިއަން ލީގު ކާމިޔާބު ކުރި ޓީމު ވަރުގަދަ ކުރުމުގެ ގޮތުން އެ ކްލަބުން ސޮއި ކުރުވި އެންމެ މަޝްހޫރު ކުޅުންތެރިޔަކީ ބެލްޖިއަމްގެ ކެޕްޓަންކަން ވެސް ކުރަމުން އަންނަ ޑިބްރޮއިނާ އެވެ.