އިޒްރޭލުން ގެއްލުންދިން ވައިގެ ދިފާއީ ނިޒާމު ބަދަލުކޮށްފިން: އީރާން

މިހާރު

21 ޖުލައި 2025 | ހޯމަ | 6:41

އިޒްރޭލާއި އީރާނާ ދެމެދު ހިނގި 12 ދުވަހުގެ ހަނގުރާމާގައި އިޒްރޭލުން ހަމަލާދީ ގެއްލުންދިން ވައިގެ ދިފާއީ ނިޒާމު މިހާރު ބަދަލުކޮށްފައިވާ ކަމަށް އީރާން ސިފައިންގެ އިސް ޖެނެރަލަކާ ހަވާލާދީ ދައުލަތުގެ މީޑިއާއިން އިއްޔެ ބުނެފި އެވެ.

މިދިޔަ މަހުގެ މެދުތެރޭގައި އިޒްރޭލުން އީރާނަށް ދިން ކުއްލި ހަމަލާތަކުގައި ވައިގެ ދިފާއީ ނިޒާމާއި ނިއުކްލިއާ އަދި އަސްކަރީ މަރުކަޒުތަކަށް ގެއްލުން ދިނެވެ. ރައްދުގައި އީރާނުން ވަނީ މިސައިލާއި ޑްރޯނުން އިޒްރޭލަށް ވެސް ވަރުގަަދަ ހަމަލާތަކެއް ދީފަ އެވެ.

އިޒްރޭލުގެ ހަމަލާތަކުގައި އީރާންގެ ވައިގެ ދިފާއީ ނިޒާމަށް ބޮޑެތި ގެއްލުންތަކެއް ދީފައިވެ އެވެ.

މައުޟޫޢުތަށް