ނ. އަތޮޅުގެ 13 ރަށަކަށް ރައީސް ފުރާވަޑައިގެންފި
މިހާރު
21 ޖުލައި 2025 | ހޯމަ | 9:54
ނ. އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ފުރާވަޑައިގެންފި އެވެ.
މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރައްވާ މި ދަތުރުފުޅުގައި ރައީސް ވަޑައިގަންނަވާނީ ހެނބަދު އާއި ހޮޅުދު އާއި ޅޮއްސާއި ކުޑަފަރި އާއި ކެނދިކުޅުދު އާއި ވެލިދު އާއި މަނަދު އާއި މަގޫދު އާއި މާޅެންދު އާއި މާފަރާއި މިލަދު އާއި ފޮއްދޫ އަދި ލަންދު އަށް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
"ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އެ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތް ކުރައްވައި، ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކާއި ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްގީ އަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ އެވެ. މީގެ އިތުރުން، މި ދަތުރުފުޅުގައި ވެސް ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ ހާލު ބައްލަވާނެ އެވެ،" ރައީސް އޮފީހުގެ ވެބްސައިޓުގައި ވެ އެވެ.