ޕޯސްޓްމޯޓަމް ހަދަން އަބްދުއްރަހުމާންގެ ހަށިގަނޑު އިންޑިއާ އަށް ގެންގޮސްފި
މިހާރު
21 ޖުލައި 2025 | ހޯމަ | 5:05
އއ. މާޅޮހުގައި ދާދިފަހުން އަނިޔާވެރި ގޮތަކަށް ހަމަލާދީ މަރާލި އަބްދުއްރަހުމާން އާދަމްގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން މިއަދު އިންޑިއާ އަށް ގެންގޮސްފި އެވެ.
މިމަހުގެ 12 ވަނަ ދުވަހުގެ ރޭ އަބްދުއްރަހުމާނަށް ބޮޑެތި އަނިޔާތަކެއް ދީފައި އޮއްވާ ފެނުނީ މާޅޮހުގައި އޭނާ ދިރިއުޅެމުންދިޔަ މާހިޔާ ގޭގައި އެ ރޭ މެންދަމު އެވެ. އުމުރުން 65 އަހަރުގެ އަބްދުއްރަހުމާނަށް ބޮޑެތި އަނިޔާތަކެއް ލިބި، "މަރަށް ތެޅެނިކޮށް" ފެނުނީ އޭނާގެ އަންހެނުން ނާޒިމާ އިބްރާހިމަށެވެ. އަދި އެރަށު ސިއްހީ މަރުކަޒަށް އޭނާ ގެންގޮސް ފަރުވާ ދެނިކޮށް އެ ރޭ ފަތިހު ވަނީ މަރުވެފަ އެވެ.
ފުލުހުން ބުނީ ޕޯސްޓްމޯޓަމް ހެދުމަށްޓަކައި އަބްދުއްރަހްމާންގެ ހަށިގަނޑު މިއަދު އިންޑިއާގެ ޓްރިވެންޑްރަމަށް ފޮނުވާލާފައިވާ ކަމަށެވެ.