ހޮޓަލަކާއި ޓާމިނަލް ހިމެނޭހެން މާފަރު އެއާޕޯޓު އިތުރަށް ތަރައްގީ ކުރަނީ
މިހާރު
21 ޖުލައި 2025 | ހޯމަ | 12:43
ޓޫރިސްޓުން މަޑުކޮށްލާނެ ހޮޓަލަކާ އެކު އާ ޓާމިނަލެއް ހިމެނޭހެން މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރަން މަޝްވަރާ ކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ނ. އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި މިއަދު މާފަރަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ވާހަކަ ދައްކަވަމުންނެވެ.
ނ. އަތޮޅަކީ ރާއްޖޭގައި ޓޫރިޒަމް އެންމެ ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ އަތޮޅުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މާފަރު އެއާޕޯޓަށް އިތުރު ކަންކަން ވެސް ބޭނުންވާ ކަމަށެވެ.