ހުރިހާ ރަށެއްގެ މަގު ހެދުމުގެ މަސައްކަތް އަންނަ އަހަރު ކުރިއަށް ދާނެ: ރައީސް

މިހާރު

21 ޖުލައި 2025 | ހޯމަ | 12:50

ރާއްޖޭގެ ގިނަ ރަށްރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއު އަންނަ އަހަރުގެ ތެރޭގައި ސަރުކާރުން ކުރިއަށް ގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު އެހެން ވިދާޅުވީ، ނ. އަތޮޅަށް މިއަދު ހެނދުނު ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅު މާފަރު ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި، އުމްރާނީ ބޮޑެތި މަޝްރޫއުތަކުގެ ގޮތުގައި ރާއްޖޭގެ ހުރިހާ ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމަކީ އެ މަނިކުފާނުގެ ވައުދުފުޅެކެވެ. އެހެންވެ، އެހެންވެ، ޕްލޭންތަކަށް ފަހު އޭގެ އަމަލީ މަސައްކަތް އަންނަ އަހަރު ކުރިއަށް ދާނެ ކަމަށް ވިދާޅުވި އެވެ.

މައުޟޫޢުތަށް