ބަންގްލާދޭޝްގައި ފައިޓަ ޖެޓެއް ސްކޫލަކަށް ވެއްޓި 16 މީހަކު މަރުވެއްޖެ

މިހާރު

21 ޖުލައި 2025 | ހޯމަ | 6:26

ބަންގްލާދޭޝް އެއާފޯސްގައި ޓްރެއިނިންތަކަށް ބޭނުންކުރާ ފައިޓަޖެޓެއް އެ ގައުމުގެ ސްކޫލެއްގެ ކެމްޕަސްތެރެއަށް ވެއްޓި މިއަދު 16 މީހުން މަރުވެއްޖެ އެވެ.

ފަހުގެ ތާރީހެއްގައި އެ ގައުމުގައި ހިނގި ވައިގެ ދަތުރުފަތުރުގެ އެންމެ ނުރައްކާތެރި މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ގިނައީ ސްކޫލްގެ ދަރިވަރުންނެވެ.

އޭއެފްޕީގެ ފޮޓޯގްރާފަރަކު ބުނީ މަރުވި އަދި ޒަހަމްވި ދަރިވަރުން ސްޓްރެޗާތަކުގައި ނެރެގެން ގެންދާތީ ފެނުނު ކަމަށާއި އެތަނުން މީހުން ނެރު ސާފުކުރުމުގެ މަސައްކަތުގައި ސިފައިން ވެސް ބައިވެރިވި ކަމަށެވެ.

މައުޟޫޢުތަށް