އެސްޑީއެފްސީ ހިންގާނީ އިސްލާމިކް ފައިނޭންސިންގެ ހަމަތަކުގެ ދަށުން: ބީއެމްއެލް

މިހާރު

21 ޖުލައި 2025 | ހޯމަ | 8:23

ގައުމީ ބޭންކު، ބީއެމްއެލްގެ ސަބްސިޑަރީއެއްގެ ގޮތުގައި ހިންގުމަށް މިހާރު ހަމަޖެހިފައިވާ އެސްޑީއެފްސީގެ ހިދުމަތްތައް، އިސްލާމިކް ފައިނޭންސިންގެ ހަމަތަކަށް ބަދަލުކުރާނެކަމަށް އެ ބޭންކުން ބުނެފި އެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް އުފައްދާފައިވާ އެސްއެމްއީ ޑިވޮލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ މާލީ ގާބިލްކަން އިތުރުކޮށް އަދި ލޯނުތައް ހުއްޓުމެއް ނެތި ދޭން ބޭނުންވާތީ، އެ ކޯޕަރޭޝަންގައި އޮންނަ ސަރުކާރުގެ ހިއްސާ ބީއެމްއެލްއަށް ވިއްކާލަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުން އިއްޔެ ވަނީ ނިންމައިފަ އެވެ.

ބީއެމްއެލްއިން ބުނީ، އެސްޑީއެފްސީން ރާއްޖޭގެ އެންމެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެންމެ ޒަމާނީ ޓެކްނޮލޮޖީއާ އެކު، ފޯރުކޮށްދޭނީ އިސްލާމިކް ފައިނޭންސިން ހިދުމަތްތަކެއް ކަމަށެވެ.

މައުޟޫޢުތަށް