ބޯހިޔާވަހިކަމަށް އަންނަ އަހަރު އެއް ބިލިއަން ރުފިޔާ ހަމަޖައްސާނަން: ރައީސް
މިހާރު
22 ޖުލައި 2025 | އަންގާރަ | 7:29
ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން އަންނަ އަހަރު އެއް ބިލިއަން ރުފިޔާގެ މަޝްރޫއު ހިންގާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ނ. އަތޮޅުގެ 13 ރަށަކަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގެ ތެރެއިން، މަނަދޫގައި ބޭއްވި ޖަލްސާގައި އެ މަނިކުފާނު ވިދާޅުވީ މުޅި ރާއްޖެ އަށް ވެސް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ގެދޮރުގެ ދަތިކަން ކަމަށެވެ. އެކަމަށް ހައްލެއް ގެނައުމަށް މި އަހަރު ވެސް ބޮޑު ހޭދައެއް ކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ގެދޮރުގެ މައްސަލަ އަށް އެދެވޭ ހައްލެއް ގެނެސްދިނުމަށް ރިޔާސީ ކެމްޕެއިންގައި ވައުދުވެވަޑައިގެންނެވި ކަމަށާއި އެ ކަމަކު އެއް އަހަރުން ހުރިހާ ތަނެއްގެ މަސައްކަތެއް ނުފެށޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.