ޑަބްލިޔުއެޗްއޯގެ މުވައްޒަފުން ތިބޭ އިމާރާތަކާއި ގުދަނަކަށް އިޒްރޭލުން ހަމަލާދީފި

މިހާރު

22 ޖުލައި 2025 | އަންގާރަ | 6:20

ފަލަސްތީނުގެ ޣައްޒާގެ މެދުތެރޭގައި ހުންނަ، ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) ގެ މުވައްޒަފުން ތިބޭ އިމާރާތަކަށާއި އެ ޖަމިއްޔާގެ ތަކެތި ރައްކާކުރަން ބޭނުންކުރާ މައި ގުދަނަށް އިޒްރޭލުން ހަމަލާ ދީފި އެވެ.

"ދީރުލް ބަހަލްގައި ހުންނަ، ޑަބްލިޔުއެޗްއޯގެ މުވައްޒަފުން ތިބޭ އިމާރާތަށް އިޒްރޭލުން މިއަދު ތިން ފަހަރަށް ހަމަލާދިން. އަދި މައި ގުދަނަކަށް ވެސް ވަނީ ހަމަލާދީފައި،" ޑަބްލިޔުއެޗްއޯގެ ވެރިޔާ ޓެޑްރޮސް އަދަނަމް ގެބްރީސަސް އެކްސްގައި ލިޔުއްވާފައިވެ އެވެ.

"އިޒްރޭލުގެ އަސްކަރިއްޔާއިން އެ އިމާރާތަށް ވަދެ އަންހެނުންނާއި ކުޑަކުދިން އެތަނުން ނެރެ [ޣައްޒާގެ ދެކުނުގައި އޮންނަ] އަލް މަވާސީއަށް ފައި މަގުގައި ހިންގުވާފައި ގެންދިޔައީ ހަމަލާތައް ދެމުން ގެންދިޔަ ވަގުތު."

މައުޟޫޢުތަށް