"އެވެޓާ"ގެ ތިންވަނަ ފިލްމުގެ ފުރަތަމަ ޕޯސްޓަރު އާންމުކޮށްފި

މިހާރު

22 ޖުލައި 2025 | އަންގާރަ | 11:48

ހޮލީވުޑްގެ ކާމިޔާބު ފެންޓަސީ ފިލްމު ފްރެންޗައިޒް "އެވެޓާ"ގެ ތިންވަނަ ފިލްމުގެ ފުރަތަމަ ޕޯސްޓަރު އިއްޔެ އާންމުކޮށްފި އެވެ.

"އެވެޓާ: ފަޔާ އެންޑް އޭޝް"ގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން ވަނީ އާ ޕޯސްޓަރު އާންމުކޮށްފަ އެވެ. އެ ޕޯސްޓަރުގައި ފެންނަނީ އެ ފިލްމުގެ ވިލަން ވޭންގެވެ.

އަންނަ ހުކުރު ދުވަހު ޕްރިމިއާކުރާ މާވެލްގެ "ފެންޓާސްޓިކް ފޯ: ފަސްޓް ސްޓެޕްސް"އާއެކު މި ފިލްމުގެ ޓްރެއިލާ ސިނަމާތަކުގައި ދައްކަން ފަށާނެ ކަމަށް ވެސް އެވެޓާގެ ޓީމުން ބުންޏެވެ.

މައުޟޫޢުތަށް