އިންޑިއާގެ ކޯޗުކަމަށް ސެގަޓް އާއި ކޮންސްޓަންޓީން ވެސް ވާދަކުރަނީ

މިހާރު

22 ޖުލައި 2025 | އަންގާރަ | 1:25

އިންޑިއާގެ ގައުމީ ޓީމުގެ ކޯޗުކަމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި 170 އަށް ވުރެ ގިނަ ހުށަހެޅުން ލިބިފައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ބުނެފި އެވެ.

އެ މަގާމަށް މަޝްހޫރު ބައެއް ކޯޗުން ކުރިމަތިލި އެވެ. ޓައިމްސް އޮފް އިންޑިއާގައި ބުނެފައިވާ ގޮތުން ރާއްޖޭގެ ކުރީގެ ކޯޗު ޕީޓާ ސެގަޓް އާއީ މީގެކުރިން ދެ ފަހަރެއްގެ މަތިން އިންޑިއާގެ ކޯޗުކަން ކުރި ސްޓެފަން ކޮންސްޓަންޓީން ވެސް އެ މަގާމަށް ކުރިމަތިލި އެވެ.

މިދިޔަ މަހުގެ ނިޔަލަށް ކޮންސްޓަންޓީން ހުރީ ޕަކިސްތާނުގެ ކޯޗުގެ މަގާމުގަ އެވެ. އޭނާގެ ކޯޗުކަމުގެދަށުން ވޯލްޑް ކަޕް ކޮލިފައިންގެ ދެވަނަ ބުރުން ފުރަތަމަ ފަހަރަށް ޕާކިސްތާނަށް ޖާގަ ހޯދައި ދިނެވެ.

މައުޟޫޢުތަށް