ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގެ ބިލަށް މަޝްވަރާ ކުރުމަށް ބޭއްވި ކޮމިޓީ އަށް އެމްޑީޕީ އާއި ޕީއެންއެފުން ނުދޭ

މިހާރު

22 ޖުލައި 2025 | އަންގާރަ | 2:37

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއްކޮށް ބޭއްވުމުގެ އިތުރުން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލުމާ މެދު އާންމުންގެ ފެންނަ/ނުފެންނަ ވޯޓަކަށް ދިއުމާ ގުޅޭ ގޮތުން ސިޔާސީ ޕާޓީތަކާ އެކު މަޝްވަރާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ހެނދުނު ބައްދަލުވުމެއް ބޭއްވި ނަމަވެސް އެ ބައްދަލުވުމަށް އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީން ނުދާ ކަމަށް ބުނެފި އެވެ.

ކޮމިޓީގެ ބައްދަލުވުމަށް ހުރިހާ ސިޔާސީ ޕާޓީއަކަށް ދައުވަތު ދިންއިރު، އެމްޑީޕީ އާއި ޕީއެންއެފްގެ ބޭފުޅުން ވަޑައނުގަންނަވަ އެވެ. އެ ބައްދަލުވުމަށް އެ ދެ ޕާޓީއަށް ވެސް ދައުވަތު ދީފައިވެ އެވެ.

އެ ބައްދަލުވުމަށް ދިޔައީ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީ އާއި ޖުމްހޫރީ ޕާޓީ އާއި އެމްޑީއޭ އާއި އެމްއެންޕީ އަދި އަދާލަތު ޕާޓީންނެވެ.

މައުޟޫޢުތަށް