ބަލިމީހުންނަށް އެހީތެރިވެ، މަރުހަބާ ކިޔަން 55 މީހުން ހޯދަނީ

މިހާރު

22 ޖުލައި 2025 | އަންގާރަ | 5:46

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލާއި ހުޅުމާލެ ހޮސްޕިޓަލާއި ވިލިމާލެ ހޮސްޕިޓަލް އަދި މޯލްޑިވްސް ބްލަޑް ސާވިސް އަށް ދާ ބަލިމީހުންނާއި އެ މީހުންގެ އެހީތެރިންނަށް މަރުހަބާ ކިޔައި، އެހީތެރިވުމަށް ހާއްސަ ވަޒީފާއެއް އުފައްދައި، އެ ވަޒީފާ އަށް 55 މީހަކު ހޯދަން އައިޖީއެމްއެޗުން އިއުލާންކޮށްފި އެވެ.

"ޕޭޝަންޓް ސަޕޯޓް ކޯޑިނޭޓާ" ގެ މަގާމަށް ހޮވާ އެ މީހުންގެ އިންޓަވިއު މާދަމާ އިން ފެށިގެން މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ބާއްވާނެ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ. މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އިއުލާނުގައިވާ ގޮތުން މި މަހުގެ 29 ވަނަ ދުވަހުގެ މެންދުރު 2:00 އެވެ.

ވަޒީފާގެ ޝަރުތަކީ ގްރޭޑް 10 ނިންމާފައިވުން ނުވަތަ ގްރޭޑް ހަތެއް ނިންމާފައިވުމާ އެކު، އެ ވަޒީފާއާ ގުޅޭ ދާއިރާއަކުން ހަތަރު އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައި ވުމެވެ

މައުޟޫޢުތަށް