ޒަކިއްޔާގެ އާއިލާއާ ބައްދަލުކުރައްވައި ރައީސް ދެއްވީ އިންސާފު ހޯދައި ދޭން މަސައްކަތް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން

މިހާރު

22 ޖުލައި 2025 | އަންގާރަ | 7:48

ނ. ހޮޅުދޫގައި މަރުވެފައި އޮއްވައި ފެނުނު ޒަކިއްޔާ މޫސާގެ މަރާ ގުޅޭ ކަންކަމުގައި އިންސާފު ހޯދައިދޭން ކުރައްވަން ޖެހިވަޑައިގެންނެވި ކޮންމެ ކަމެއް ކުރައްވާނެ ކަމުގެ ޔަގީންކަން އެ އާއިލާ އާއި އެ ރަށުގެ ބައެއް މީހުންނާ އެކު މިއަދު ބޭއްވި ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.

ނ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދުގެ ފަހު ރަށަކަށް ވަޑައިގަތީ ހޮޅުދުއަށެވެ.

އެ ރަށަށް އެ މަނިކުފާނު ފައިބައި ވަޑައިގެންނެވިއިރު ޒަކިއްޔާގެ އާއިލާގެ ބައެއް މީހުންނާއި ރަށުގެ ބައެއް މީހުން ތިބީ ޒަކިއްޔާގެ މަރަށް އިންސާފު ހޯދައިދޭން ގޮވާލާ ބޯޑުތައް ހިފައިގެންނެވެ.

މައުޟޫޢުތަށް