ނ. ވިހަފަރު އެއާޕޯޓުގެ އަމަލީ މަސައްކަތް އަންނަ އަހަރު ކުރީކޮޅު ފަށާނެ: ރައީސް

މިހާރު

22 ޖުލައި 2025 | އަންގާރަ | 11:37

އެއާޕޯޓު އަޅަން ކަނޑައަޅާފައިވާ ރަށްތަކުގެ ތެރޭގައި ހިމެނޭ ނ. އަތޮޅު ވިހަފަރުގައި އެއާޕޯޓުގެ އަމަލީ މަސައްކަތް އަންނަ އަހަރު ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ނ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅު ހޮޅުދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ މިހާރު އޮތް މާފަރު އެއާޕޯޓު އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީ ކުރުމުން އެކަމުގެ ފައިދާ އެ ރަށަށް ވެސް ކުރާނެ ކަމަށެވެ.

ނަމަވެސް ހޮޅުދޫ އާއި ފޮއްދޫގެ އިތުރުން ވެލިދޫ ހިމެނޭ ސަރަހައްދަށް އިތުރު އެއާޕޯޓެއް ބޭނުންވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ސަރުކާރުގެ ޕްލޭނަކީ ވިހަފަރުގައި އެއާޕޯޓެއް ތަރައްގީކުރުން ކަމަށެވެ.

މައުޟޫޢުތަށް