ބާސާގެ މާލީ ހާލަތާ ހެދި ރަޝްފޯޑަށް އޮތީ ހަމައެކަނި ޕްރެކްޓިސްކޮށްކޮށް ހުރުން

މިހާރު

23 ޖުލައި 2025 | ބުދަ | 7:36

ލޯނު އުސޫލުން މާކޮސް ރަޝްފޯޑް ބާސެލޯނާ އަށް ބަދަލުވި ނަމަވެސް، ސީޒަން ފެށެން ވާއިރު ވެސް އޭނާ ރަޖިސްޓަރީ ކުރެވޭނެ ކަމާމެދު ސުވާލު އުފެދިއްޖެ އެވެ.

މިދިޔަ ސީޒަނުގައި އެ ޓީމަށް ސޮއި ކުރި ޑެނީ އޮލްމޯ ވެސް ފުރަތަމަ ހަ މަހު ހުންނަން ޖެހުނީ މެޗެއް ނުކުޅެ އެވެ. ކުޅުންތެރިން ރަޖިސްޓަރީ ކުރުމުގެ ފުރަތަމަ މަރުހަލާ ނިމިގެން ދިޔަ އިރު ވެސް އޭނާ ރަޖިސްޓަރީ ކުރެވޭނެ ގޮތެއް ބާސާ އަކަށް ނުހޯދުނެވެ.

ބާސާއިން އޮލޯމޯ ރަޖިސްޓަރީ ކުރީ ފިނި މޫސުމުގެ ޓްރާންސްފާ ޕީރިއަޑްގަ އެވެ. އޭނާގެ ރަޖިސްޓަރީ ކުރެވޭނެ މާލީ ހަކަތައެއް އެ ކްލަބްގައި ނެތް ކަމަށް ލަލީގާއިން ނިންމި އެވެ. ބާސާ އަށް ކާމިޔާބު ވީ ލަލީގާގެ ނިންމުން ހިފައިގެން ޝަރީއަތަށް ދިއުމުންނެވެ.

މައުޟޫޢުތަށް