މިއުޒިކް އާޓިސްޓުންނަށް ތައިސޭކޮށި ކުއްޔަށް ދޫކުރަން ކައުންސިލުން ނިންމައިފި

މިހާރު

23 ޖުލައި 2025 | ބުދަ | 12:48

މާލެ ސިޓީ ކައުންސިލްގެ ބިމެއް ކަމަށްވާ "ތައިސޭ ކޮށި" ދިވެހި މިއުޒިކް އާޓިސްޓުންނަށް ކުއްޔަށް ދޭން މާލެ ސިޓީ ކައުންސިލުން މިއަދު ނިންމައިފި އެވެ.

ތައިސޭ ކޮއްޓަކީ މާލެ ސިޓީގެ އާންމު ހިދުމަތްތަކާ ބެހޭ ބައިގައި އޮންނަ ހުސް ބިމެވެ.

ކައުންސިލުން މިއަދު ބޭއްވި ޖަލްސާގައި، މޭޔަރު އާދަމް އާޒިމް ހުށަހެޅުއްވީ އެ ބިން ޒުވާނުންގެ އެކި ކަންކަމަށް ކުއްޔަށް ދޫކުރުމަށެވެ. އެ ހުށަހެޅުއްވުން ފާސްވީ، ކައުންސިލް ޖަލްސާއަށް މިއަދު ވަޑައިގަތް 10 މެމްބަރުންގެ އިއްތިފާގުންނެވެ.

މައުޟޫޢުތަށް